ads
ޑެންމާކުގެ ރާނީ މާގްރެތު 2
ޑެންމާކުގެ ރާނީ މާގްރެތު ތަހުތު ދޫކޮށްލައްވަނީ
ޑެންމާކުގެ ރާނީ މާގްރެތު ދެ ވަނަ 52 އަހަރަށް ފަހު މަޤާމުން ވަކިވެޑައިގަންނަވަން ނިންމަވައިފައިވާކަން އިއުލާނުކުރައްވައިފި އެވެ.
Advertisement

މާގްރެތު 2 ވަނައަކީ މިހާރު ދުނިޔޭގައި ހުންނެވި ހަމައެކަނި ރާނީ އެވެ. އަދި އޭނާއަކީ މިހާރު ދުނިޔޭގައި ހުންނެވި ގައުމުތަކުގެ އިސްވެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ބޭފުޅާ އެވެ. 1972 ވަނަ އަހަރު ތަހުތަށް އިސްވެވަޑައިގެންނެވި ރާނީ މާގުރެތު ވެވަޑައިގެންފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުން ވިލާތުގައި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ރާނީއަ ށެވެ.

ޑެންމާކުގެ ކުރީގެ ރަސްގެފާނު ފްރެޑްރިކް ނުވަވަނައާއި ރާނީ އިންގްރިޑަށް 1940 ވަނަ އަހަރު ލިބިވަޑައިގެންނެވި ރާނީ މާގްރެތަކީ ވިސްނުންތޫނު އަދި އުފެއްދުންތެރި ބޭކަނބަލެކެވެ. 1953 ވަނަ އަހަރު ޢުމުރުފުޅުން 31 އަހަރުގައި ބައްޕާފުޅުގެ ވާރިސަކަށް ވެވަޑައިގަތީ ޑެންމާކުގެ ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކުން އަންހެނުންނަށް ތަޚުތު ވާރުތަވުމުގެ ހުއްދަ ދިނުމުންނެވެ.

ތަހުތުހުގައި ރެދަލިކުރެއްވިތާ 52 އަހަރު ފަހުން އެކަމަނާ ތަހުތު ދޫކޮށްލައްވަން ނިންމެވިކަން އިއުލާންކުރެއްވީ އާ އަހަރު ފެށުމާ ދިމާކޮށް ދެއްވި ލައިވް ޓީވީ ހިތާބެއްގަ އެވެ. އޭގައި އުމުރުފުޅުން 83 އަހަރުގެ ރާނީ ވިދާޅުވީ އެ ކަމަނާ ރަސްމީކޮށް ތަހުތު ދޫކޮށްލަން ނިންމަވާފައި ވަނީ މި މަހުގެ 14 ގައި ކަމަށެވެ.

"ދެން ތަހުތު ހަވާލުކުރަން ބޭނުން ވަނީ ދަރިކަލުން ފްރެޑްރިކްއާ." ޑެއިޒީގެ ނަމުން މަޝްހޫރު ރާނީ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ތަހުތު ދޫކޮށްލައްވަން ނިންމެވި މައިގަނޑު ސަބަބަކީ ރަސްމީ ޒިންމާތަކަށް މި ވަގުތު ސިއްހީ ހާލަތު އެހާ ބޮޑަށް ތަންނުދޭތީ އެވެ. މިދިޔަ އަހަރު މަގަރީތާ ބުރަކަށިފުޅުގެ އޮޕަރޭޝަނެއް ކުރައްވާފައިވެ އެވެ.

މަގާމުން ދުރުވެވަޑައިގެންނެވުމަށް ވިސްނާވަޑައިގަތީ މި އަހަރުގެ ކުރީކޮޅު ކުރެއްވި އޮޕަރޭޝަނަކަށް ފަހު އެވެ. "އެ އޮޕަރޭޝަންގެ ސަބަބުން މުސްތަގުބަލާ މެދު ވިސްނަން ފެށިން. ރަނިކަމުގެ ޒިންމާ އަންނަން އޮތް ޖީލަށް ދޫކޮށްލަންވީ ވަގުތު އައިސްފިތޯ ވިސްނިން." ލަންޑަން ސްކޫލް އޮފް އިންކޮމިކްސްއިންނާއި ކޭމްބްރިޖްގެ ގާޓެން ކޮލްޖުން ތައުލީމު ހާސިލުކުރައްވައިފައިވާ ރާނީ މާގްރެތު ވިދާޅުވި އެވެ.

ރާނީ މާގްރެތުގެ އެ ނިންމެވުމާ އެކު ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވަނީ ރާނީގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް