ads
އުރީދޫގެ ސަބްމެރިން ކޭބަލް ދ. ކުޑަހުވަދޫ އަށް
އުރީދޫގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް މިއަދު ދ. ކުޑަހުވަދޫއާ ގުޅާލައިފިއެވެ.

ސަބްމެރިން ކޭބަލް ކުޑަހުވަޑޫއަށް އެރުވުމަށް ފަހު މިއަދު އުރީދޫއިން ބުނެފައިވަނީ މިއީ އެ ކުންފުނީގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރާއްޖޭގައި ވަރުގަދަ ކުރުމުގެ މަސައްކަތުގައި ކަޑައްތު ކުރެވުނު މުހިއްމު މަރުހަލާއެއް ކަމަށެވެ.

މިއީ އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމުގިވެސް އުރީދޫއިން ފާހަގަ ކުރެއެވެ. 

އުރީދޫއިން ވަނީ އެ ކުންފުނީގެ ހިދުމަތް ފުޅާކުރުމުގެ ތެރެއިން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ކުޑަހުވަދޫ ކައުންސިލުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި އުރީދޫއިން ދެމުންދާ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ތަކާއި، ކަސްޓަމަރުންނަށް ތަފާތު އެކިއެކި ޕެކޭޖްތައް ތައާރަފް ކުރުން ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް