ads
އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ އައްޔަންކޮށްފި
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކޮށްފިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަށް ހެދުމާއި އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ގޮތުން އެންމެ ފުރަތަމަ އުފެދިގެން އައި މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް (އެމްއޭބީ) އަކީ މިހާރުގެ އެމްކިއުއޭ އެވެ.

ހަޔާ އެޑިއުކޭޝަން އިން މިކަން ހާމަކޮށްފައި ވަނީ އެކްސް ގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. މި ޕޯސްޓްގައި ފިޒާނާ އަށް މަރުހަބާ ކިޔާފައިވެއެވެ. އަދި އެ ޕޯސްޓްގައިވާ ގޮތުގައި ފިޒާނާ ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައި ޑރ. މަރިޔަމް މާރިޔާއާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ. 

your imageމަރިޔަމް ފިޒާނާ ރަޝީދު

ފިޒާނާ ވަނީ މީގެ ކުރިންވެސް ތައުލީމީ ދާއިރާގައި ހިދުމަތްކުރަށްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވެއެވެ. އޭގެތެރޭގައި އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންކަން ވެސް ކުރައްވާފައިވެއެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް