ads
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ނައިބު ރައީސް ސޮއި ކުރެއްވުމަށްފަހު -- ފޮޓޯ: ރައީސް އޮފީސް
ބްލޫ ޕްލެނެޓް ގައި ރާއްޖެ އިން ސޮއިކޮށްފި
ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގަ އެވެ.

ކްލައިމެޓް އެގްރިމެންޓުގައި ސޮއި ކުރީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. 

ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރަން އެއްބަސްވާ އެއްބަސްވުމެކެވެ. އެއީ ނަން-ބައިންޑިން އެގްރިމެންޓެކެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރަން އެ އެގްރިމެންޓުގައި ސޮއި ކުރާ ގައުމުތަކަށް ބްލޫ ޕްލެނެޓް އެލަޔަންސުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބީޕީއޭ އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަން 2020 ގައި އުފެއްދި ޖަމިއްޔާއެކެވެ. މއެ ޖަމިއްޔާ އުފެއްދީ ހެންކް ރޮޖާސް އެވެ. ރޮޖާސްއަކީ ވީޑިއޯ ގޭމް ޑިޒައިނަރެއް އަދި މަޝްހޫރު ވިޔަފާރިވެރިއެކެވެ.

ނައިބު ރައީސް އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ހަވާއީގައި މިހާރު ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް