ޓްރާންސްޕޯޓްމިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލޭގައި އިންތިހާއަށް ބޮޑުވެފައިވާ ޓްރެފިކް ގެ މައްސަލަ ހައްލުކުރަން ސަރުކާރުން އިސްކަން ދޭ ކަމަށާއި ޓްރެފިކްގެ މައްސަލަ ހައްލުކޮށްފައިވާ އެކުވެރި އަރަބި އެމިރޭޓް ނުވަތަ ސިންގަޕޫރު ފަދަ ގައުމުތަކުން ތަޖުރިބާ ކާރުން ގެނެސްގެން ރާއްޖޭ ގެންނާނެ ކަމަށެވެ.
" އެ މީހުން ރާއްޖެ އައިސް ޓްރެފިކް ގެ މައްސަލަތައް ދެނެގަންނާނެ. އަދި ހައްލުކުރަން ރެކޮމެންޑޭޝަން ހޯދަން ރަސްމީކޮށް ފޮރިން މިނިސްޓްރީގައި އެދިފައި މިހާރުވަނީ. ހަމަ އެއާއެކު ޕާކިން ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމުގެ މަސައްކަތް ވަރަށް ހާއްސަ އިސްކަމެއް ދީގެން ގެންދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި އިންތިހާއަށް ބޮޑުވެފައިވާ ޓްރެފިކް ގެ މައްސަލަ ހައްލުކުރަން ހުރިހާ މުއައްސަސާތަކާ ގުޅިގެން މިވަގުތުން މިވަގުތަށް ގެނެވޭނެ ހައްލެއް ދެނެގަތުމަށް ޓެކްޓިކަލް ޕްލޭނެއް ހެދުމާއި އަދި އެކަމާ ގުޅިގެން ބޭރުގެ މާލީ އެހީއާ އެކު ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށްޓަކައި ތަޖުރިބާ ކާރުން ހޯދަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތަޖުރިބާކާރުން ރިކޮމެންޑް ކުރާ ކަންކަން ކެބިނެޓަށް ހުށަހަޅާނޭ ކަމަށާއި އަދި ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން މަޖިލީހަށް ހުށަހަޅައިގެން މައްސަލައަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ވެސް ފައްޓަވާނެކަމަށް މިނިސްޓަރު އަމީން ވަނީ ފާހަގަ ކޮށްލައްވާފައެވެ.
އަދި ޓްރެފިކްގެ މައްސަލަ ހައްލުކޮށްފައިވާ އެކުވެރި އަރަބި އެމިރޭޓް ނުވަތަ ސިންގަޕޫރު ފަދަ ގައުމުތަކުން ތަޖުރިބާ ކާރުން ގެނެސްގެން ރާއްޖޭގައި ހުރި ޓްރެފިކް ގެ މައްސަލަތައް ދެނެގަންނާނެ ކަމަށާއި އަދި ހައްލުކުރަން ރެކޮމެންޑޭޝަން ހޯދަން ރަސްމީކޮށް ފޮރިން މިނިސްޓްރީގައި އެދިފައިވާކަން ވެސް މިނިސްޓަރު ފާހަގަކޮށްލެއްވިއެވެ.ހަމަ އެއާއެކު ޕާކިން ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެއްޓެވުމުގެ ކަންކަން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގެންދަވަނީ ކުރައްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި 69،080 ދުއްވާ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަދި މީގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވަނީ މާލެ ސަރަހައްދަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު މާލޭ އޭރިއާއަށް ރަޖިސްޓްރީ ވަމުން މިދާ ވެހިލަކްތަކުގެ އަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަޅުގަނޑުމެން ގެންނަން ޖެހޭ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވެފައިވާ ގޮތުގައި މިނިސްޓްރީއަށް ލިބިދޭ ބައެއް ބާރުތަކުގެ ދަށުން މި ސަރުކާރުގައި ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންމެވެސް ވަރަކަށް ވަނީ މަޑު ޖައްސާލާފައެވެ.