ads
ރާއްޖެއާ ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި
ސާފް ކްލަބު ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް މި އަހަރު
ސާފް ކްލަބު ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް މި އަހަރު ބާއްވާން ސާފުން ތައްޔާރުވާން ފަށައިފިއެވެ.

ސާފް ކްލަބު ޗެމްޕިއަންޝިޕް މި އަހަރު ބާއްވަން ނިންމާފައިވާއިރު، އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ސެންޓްރަލައިޒްޑް ވެނިއުއެއްގައި 16 ޓީމާއެކު މުބާރާތް ކުރިއަށް ގެންދާށެވެ. އެކަމަކު ސާފުގެ ވިސްނުން މިހާރު ހުރީ ފުރަތަމަ މުބާރާތުގައި އަށް ޓީމަށް ފުރުސަތު ދޭށެވެ. 

މުބާރާތް ފެށުމަށް މިހާރު ސާފުގެ ވިސްނުން ހުރީ މި އަހަރުގެ އޮގަސްޓް މަހުއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައިވަނީ ހޯމް އެންޑް އަވޭ ނޮކްއައުޓް އުސޫލުން ކުޅޭށެވެ. 

މުބާރާތުން ފުރުސަތު ދޭން ނިންމާފައިވާ އަށް ޓީމަކީ، އިންޑިޔާގެ ދެ ޓީމުގެ އިތުރުން ސާފުގެ އަނެއް ހަ ގައުމުން ކުރެ ކޮންމެ ގައުމަކުން އެއް ޓީމަށެވެ. އިންޑިޔާގެ ދެ ޓީމަށް ފުރުސަތު ދޭން ނިންމާފައިވަނީ ރޭންކިންގައި އެންމެ ކުރީގައި އޮތް ގައުމަކީ އިންޑިޔާ ކަމަށްވާތީއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް