ads
ވިލިމާލޭގެ މަގުތައް ހަދަން ކުރަންޖެހޭ ސާވޭ ކުރަން އާރްޑީސީއާއި ހަވާލުކޮށްފި
ވިލިމާލޭގެ މަގުހެދުމަށް ބޭނުންވާ ސާވޭ ކުރަން އާރްޑީސީ އާއި ހަވާލުކޮށްފި
ވިލިމާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށްޓަކައި ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވިލިމާލޭ މަގުހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތައާމް މުހައްމަދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު އެވެ.

މަޝްރޫއުއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮންސްްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ، މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.

އެގޮތުން ވިލިމާލޭގެ ކަރަންޓާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު މަޝްރޫއެއް ފަށައި ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާނީ އެ ކަންތައްތައް ބެލުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުހެދުމަށް ބޭނުންވާ ސަރވޭތައް ހަދާފަ ޑީޓެއިލް ޑިޒައިނާއި އީއައިއޭ ސްޓޯމްވޯޓަރ ޑިޒައިނާއި ހުރިހާ ކަމެއް ހިމެނިގެން މަސައްކަތް ނިމިގެންދާނީ. އެހިސާބުން އަމަލީ މަސައްކަތް ފެށޭނެ. އަމަލީ މަސައްކަތް ފެށިގެންދާއިރު މަގުތަކުގެ އަޑިން ލާންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމުވެސް ހިމެނިގެން މުޅިއެއްކޮށް ޓޯޓަލް ސޮލިއުޝަނެއް ލިބޭގޮތަށް ހިމެނިގެންދާނީ" މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވި އެވެ.


ވިލިމާލޭ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން އަންނާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވިލިމާލޭގެ މަގުތަކުގެ ޓޮޕޮގަރްފިކް ސާވޭ، ޑީޓެއިލްޑް ޑިސައިން އަދި އީއައިއޭ ހިމެނޭހެން މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1.79 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް