ads
އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ދެ ކައުންސިލަރުން - ފޮޓޯ: އަވަސް
ކައުންސިލަރު ރީހާން އާއި ނިޒްލީ ޕީއެންސީއަށް ސޮއިކުރައްވައިފި
މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީއެންސީއަށް މިރޭ ސޮއިކޮށްފި އެވެ.

އެގޮތުން މިރޭ ޕީއެންސީއަށް ސޮއި ކުރެއްވި ދެ ބޭފުޅުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އައިޝަތު ނިޒްލީ ރަޝީދާއި، ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްުޔަމް ރީހާން ނާޒިމް އެވެ.

މި ދެ ކައުންސިލަރުންގެ ރީހާން މިރޭ ޕީއެންސީއާ ގުޅިވަޑައިގަތީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް މެންބަރެއްގެ ގޮތުގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވުމަށްފަހު އެވެ. 

މި ދެ ކައުންސިލަރުން ޕީއެންސީއާ ގުޅުމާ އެކީ މާލެ ސިޓީ ކައުންސިލުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު ވަނީ ދިހައަކަށް އިތުރުވެފަ އެވެ. ނަމަވެސް މި ދެ ކަނބަލުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގައި ޕީއެންސީ ތަމްސީލުކުރައްވާ ފުރަތަމަ ދެ ކައުންސިލަރުންނަށެވެ.

މިހާރު މާލެ ސިޓީ ކައުންސިލުގައި އިދިކޮޅު ޕާޓީއެއް ތަމްސީލުކުރައްވާ މެމްބަރުންނަށް ތިއްބެވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް (އެމްޑީޕީ) އެވެ.

މިރޭ އޮތް ޖަލްސާ ގައި އެމްޑީޕީގެ މެންބަރުންތަކަކާ ދަ ޑިމޮކްރެޓްސްގެ އިސް މެންބަރަކު އަދި ބައެއް އާންމުން ވަނީ ކޮންގްރެސްއާ ގުޅިފައެވެ.

ނިޒްލީ އާއި ރީހާން ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދެ ކައުންސިލަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް