ads
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިމްމައިފި
ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި އަންނަ މަހުން ފެށިގެން 20 އިންސައްތަ ކުޑަކޮށްފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި ކުޑަ ކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މިކަން އިއުލާނު ކުރެއްވީ، ޕީއެންސީގެ ފަރާތުން މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހުޅުމާލެއަަށް ވަޑަައިގެންނެވެ.

އެގޮތުން މިއަދު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީީސް ވިދާޅުވީ، އަންނަ މަހުން ފެށިގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ ކުލީގެ 20 އިންސައްތަ ކުޑަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގައި އިއުލާނު ކޮށްލަން ބޭނުން ވަނީ ފުރަތަމަ ފިޔަވަހީގައި ހުރި ހުރިޙާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެން ދާނެ" ރައީސް ވިދާޅުވި އެވެ.

އެ 20 އިންސައްތަ ސަރުކާރުން މެނޭޖު ކުރާނެ ކަމަށާއި، އެކަމަކާއި ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ހުރި ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދަށް މިހާތަނަށް ސަރުކާރަކުން ލުޔެއް ދީފައި ނުވާ ކަމަށާއި، މެއިންޓަނެންސް ފީއާއެކު ގާތްގަނޑަކަށް 4000 އާއި 7000 އާ ދެމެދުގެ އަގެއް މިހާރުވެސް ދައްކަން ޖެހޭ ކަމަށެވެ.

މީގެއިގެއިތުރުން، ފްލެޓްތަކުގެ ކުއްޔަށް ދޭން ނިންމި އެ ލުޔަކީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވާތީ، އެކަމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ދިނުމުގެ ގޮތުން ދިން ލުޔެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ މޭޔަރު އިންތިހާބުގެ ކުރިން އެ ބަދަލު ގެންނެވީ އަމާނާތްތެރިކަމާއި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް