ads
ރައީސް ޔާމީން، ޕީއެންއެފް އޮފީހުގައި ޖަމީލާ އެކު - ފޮޓޯ: އެކްސް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ މާދަމާ ކޯޓަށް ދާނަން: މަލީހު
ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުން ދާތީ މާދަމާ ހައިކޯޓަށް ދާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކާ މާދަމާ 10 ޖަހާއިރު ހައިކޯޓަށް ދާނެ ކަމަށެވެ.

ރައީީސް ޔާމީންގެ ޝަރީއަތް ދިގުދެމިގެން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި މަލީހު ވިދާޅުވީ، އިންސާފު ލަސްކުރުމަކީ އިންސާފު ދޭޭން ދެކޮޅުހެދުން ކަމަށެވެ.

މަލީހު ފާހަގަވެފައިވަނީ ރައީސް މުއިއްޒާއި ރައީސް ޔާމީންގެ ގުޅުންތައް ހީނަރުވި ފަހުން، ރައީސް ޔާމީނުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގަ އެވެ.

މީގެކުރިން މަލީހު ވަނީ، ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް ޔާމީންގެ މަތިން ހަނދާން ނައްތާލައި، އެމަނިކުފާނު އެކަހެރި ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވިތާ މާ ގިނަ ދުވަހެއް ނުވެ ޕީޕީއެމްގެ ލީޑާޝިޕާއި ރައީސް ޔާމީން އާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، އެމަނިކުފާނު އިސްވެ ހުންނަވާ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފަ އެވެ.

ރައީސް ޔާމީންގެ މައްސަލާގައި އަޑުއެހުންތައް ބާއްވާ ނިމިފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ 21 ގައެވެ. އެ ދުވަހު ފަނޑިޔާރުން ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ އެ މައްސަލއިގެ ހުކުމް ކުރެއްވުން ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އެމަނިކުފާނުގެ މައްޗަށް އެ ހުކުމް ދަނީ ތަންފީޒުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް