އިރާގުގެ ބޮޑުވަޒީރުގެ އެމެރިކާ ސިފައިން ބޭލުމަށް ނިންމާފައި މިވަނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރާލާފަ ވަނިކޮށެވެ.
ބޮޑުވަޒީރު ގައުމާ މުހާތަބުކޮށް ދެއްވި ތަގްރީރެއްގައި ވިދާޅުވީ އިރާގާއި އެމެރިކާ އާއި މެދު ވެވިފައިވާ އެއްބަސްވުންތަކުގައި ވާގޮތުން ދެގައުމުން ދެގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އިހުތިރާމް ކުރަންވާނެކަަން އޮންނާނެ ކަމަށެވެ.
ނަމަވެސް އެމެރިކާއިން ދިން ހަމަލާއާއެކު އެގައުމުން އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އިރާގުގައި ތިބި އެއްވެސް ޖަމާއަތަކުން ގާނޫނާއި ހިލާފުވެފައިވާނަމަ ފިޔަވަޅު އަޅާނީ އިރާގުގެ ސަރުކާރުންކަމަށް ތަކުރާރުކޮށް ދަންނަވާފަ ވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އިރާގުގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޯލިޝަންގެ ސިފައިން އެގައުމުން ބޭލުމުގެ މަސައްކަތް އެކޯލިޝަންގެ ގައުމުތަކާއި އެކު ކުރިއަށް ގެންދަން ނިންމާފަވާކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.