ads
ސަމާލު؛ ރޭވިގެން ހިންގާ އަމަލަކުން ރާއްޖެ "ބަނޑަށް" ޖެއްސުން..؟
ރޭވިގެން ހިންގާ ވަރުގަދަ ކެމްޕޭނަކުން ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށް އިންޑިޔާގެ އެކި ފަރާތްތަކުން ބުނަން ފަށައިފި އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ މިކަން ކުރުމުން ދިވެހިރާއްޖެ ހަމަ ހަގީގަތުގައިވެސް ބަނޑަށް ޖެހި ދާނެ ތޯ އެވެ. ދެން އުފެދޭ ސުވާލަކީ ރާއްޖެއާއި މިހާ ގާތް ގުޅުމެއް ބާއްވަމުންދާ އިންޑިޔާއިން މި ފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނީ ކީއްވެގެން ތޯއެވެ.

އިންޑިޔާއިން ރާއްޖެ ބޮއިކޮޓު ކުރުމުން ދިވެހިން ގެ އިގްދިސާދައް ބަދަލެއް އައުން އެކަށީގެންވެ އެވެ. ނަމަވެސް ދިވެހިން ބަނޑަށް ޖެހުމަކީ ވަރަށްވެސް ނާދިރުކަމެއް ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވާއެއް ދާއިރާ އަކީ ޓޫރިޒަމް އެވެ. ރާއްޖެ އަންނަ ޓުއަރިސްޓުންގެ ގިނަ މީހުންނަކީ އިންޑިޔާ މީހުންނަށް ވީނަމަވެސް އެހެން ގައުމުތަކުން އަންނަ ޓުއަރިސްޓުންގެ އަދަދުވެސް ވަކިން މަދެއް ނޫންކަމަށް ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ އިތުރުން ރާއްޖެއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ވެސް ކުރަމުން އަންނަ ބަޔަކަށް ވުމުން ރާއްޖޭ ބަނޑަށް ޖެހުމަކީ ވަރަށްވެސް ނާދިރުކަމެއްކަން ފާހަގަ ކުރެވެ އެވެ.

އިންޑިއާއިން މިވަނީ ބޮއިކޮޓް މޯލްޑިވްސްގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ފަށާފައި އެވެ. އަދި މީގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ މިވަނީ އިންޑިޔާގެ ލަކްސަދީޕް ޕްރޮމޯޓުކޮށް އޭނާގެ ޓްވީޓާގައި ޕޯސްޓުތަކެއް ލިޔެފައި އެވެ. އެ ގޮތުން އެތަނުގެ ރީތިކަމަށް ތައުރީފުކޮށް އިންޑިޔާގެ ތެރޭގައިވެސް ދިވެހި ރާއްޖެ ފަދަ ރީތި ރަށްތަކެއް ވާކަމަށް މާނަ ނެގޭގޮތަށް އޭނާ ވަނީ ވާހަކަ ދައްކާފައި އެވެ. 

މިކަމާއި ގުޅިގެން އިންޑިޔާގެ ގިނަ ބަޔަކު ވަނީ ދިވެހި ރާއްޖޭ ބޮއިކޮޓްކޮށް އިންޑިޔާގެ ލަކްސަދީޕަށް ދިޔުން މާ ރަނގަޅުކަމަށާއި ދިވެހިންގެ އިގްސާދު އިނދަ ޖައްސާލުމަށް އިންޑިޔާއިން ދިވެހިރާއްޖެ ބޮއިކޮޓް ކުރަމަށް ގޮވާލާފައި އެވެ. މީގެ އިތުރުން އަނެއް ބަޔަކު ބުނަމުން ދަނީ އިންޑިޔާއިން ރާއްޖެ ބޮއިކޮޓް ކޮށްލައިފިނަމަ ދިވެހިންގެ އިގްތިސާދު އެއްކޮށް ވެއްޓި ދިވެހިން އެއްކޮށް ބަނޑަށް ޖެހުން އެކަށީގެންވާކަމަށެވެ. ބަޔެއް މީހުން ބުނަމުން ދަނީ ދިވެހިންނަކީ ކުށްވެރިންނައް ފިޔަވަޅު ނަޅާ ބަޔެއް ކަމަށާއި މިކަމުގެ ސަބަބުން އެ މީހުންނައް ރައްކާތެރިކަން އިހުސާސް ނުކުރެވޭކަމަށެވެ. 

އިންޑިޔާއިން ދިވެހި ރާއްޖެ އާއި ދެމެދު އޮތް ގުޅުން މިހާ ބޮޑަށް ހީނަރު ވާން ޖެހުން އެންމެ ބޮޑު އެއްސަބަބެއް ކަމަށް ބެލެވެނީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިޔާ ސިފައިން ރާއްޖޭން ބޭރު ކޮށްލުމަށް މަސައްކަތް ކުރަމުން ދާތީ ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ އިސްނެންގެވުމަށް ފާރަވެރިވާން ޖެހެއެވެ. ސަބަބަކީ އިންޑިއާ "ސިފައިން" ވިޔަސް ޓޫރިޒަމް ވިސާގައި އެެތެރެވުމަށް ޓޫރިޒަމް އިންޑަސްޓްރީ އެދޭނެ އެވެ. ސަބަބަކީ ރާއްޖޭގެ ޓޫރިޒަމަށް "އިންޑިއާ" ފަތުރުވެރިން މުހިއްމުކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ މުޅި އިގްތިސޯދީ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމަށް ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އިންޑިއާ އިން "އެންޓި" ވެއްޖެ ނަމަ ދިވެރާއްޖެއަށް އިގްތިސޯދީ ލޮޅުން އެރުން ގާތެވެ. ސަބަބަކީ މިދިޔަ 2023 ވަނަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދެއްކު މެވެ.

ޓުރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންޑިއާ އިން 209198 ފަތުރުވެރިން އައިސްފައިވެ އެވެ.

އޭގެ ކުރީ 2022 ވަނަ އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ އަހަރު 241369 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް