ads
ޝަމްހާ ކުރީގެ ރޭހަކަށް ފަހު
ބަގުދާދު މެރަތަންގައި ޝަމްހާ އަދި ޔޫސުފް
ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަންގައި ރާއްޖޭގެ ފަރާތުން، ޝަމްހާ އަހުމަދު އާއި ޔޫސުފް އިބްރާހިމް ވާދަކުރަން އެތުލެޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނިންމައިފިއެވެ.

ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު، އިރާގުގެ ވެރި ރަށް ބަގުދާދުގަ އެވެ. މި ރޭހުގައި ވާދަކުރާ، ޔޫސުފް އާއި ޝަމްހާ ވަނީ މިދިޔަ އަހަރު، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ވާދަކޮށްފަ އެވެ.

ޖަރުމަނުގައި ދިރިއުޅެމުން އަންނަ، ޝަމްހާ ދާދި ފަހުން ވަނީ، ބާލިން މެރަތަން އަށް ކޮލިފައިވެފަ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފަސް މެރަތަން ތެރޭގައި ހިމެނޭ، ބާލިން މެރަތަން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އަންހެން އެތުލީޓް، ޝަމްހާ، އަކީ ގަވާއިދުން ދިގު ދުވުމުގެ ރޭސްތަކުން ފުރުސަތު ހޯދައި، ރާއްޖެ ތަމްސީލް ކުރަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ބާލިން މެރަތަން އަށް ކޮލިފައިވީ، މިދިޔަ އަހަރުގެ އެ ރޭހުގެ ޓައިމިން ރަނގަޅުވުމުންނެވެ.

ޔޫސުފް އަކީ ވެސް ކުރިއެރުން ހޯދަމުން އަންނަ އެތުލީޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް