ދުބާއީ މެރަތަންގައި ކުޅުދުއްފުށިން ބައިވެރިވި ޓީމުގެ ހުރިހާ މެންބަރުންވެސް އެ މެންބަރަކު ބައިވެރިވި ކެޓަގަރީން ރޭސް މިއަދު ފުރިހަމަ ކުރިއެވެ.
ކުޅުދުއްފުށީ ޓީމުން ފުލް މެރަތަންގައި ދުވި 10 މެންބަރުންނާ، 10 ކިލޯމީޓަރު ކެޓަގަރީގައި ދުވި ތިން މީހުންނެވެ. ދެން ކުޅުދުއްފުށީ ޓީމާއެކު ދުވީ އައި ރަނަރސްގެ ކޯޗު ޝުޖާއެވެ.
މީގެ ކުރިން ރާއްޖޭގެ އެއް ރަށަކަށް ނިސްބަތްވާ ގްރޫޕެއް މި ގޮތަށް ބައިނަލްއަގްވާމީ މެރަތަންއެއް ފުރިހަމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ކުޅުދުއްފުށީ މި ޓީމު ވެގެންދާނީ ތާރީހީ ޓީމަކަށެވެ.
މި އެންމެންވެސް އައީ މިދިޔަ އަހަރުގެ ޖުލައިން ފެށިގެން މި މެރަތަންއަށް ތައްޔާރުވަމުންނެވެ. މި ޓީމު ތައްޔާރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ، އައިރަނަރސްގެ ކޯޗު ޝުޖާއުއެވެ.
މި ޓީމު ލީޑުކުރީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރި ހދ. ކުޅުދުއްފުށީ ޒުވާނެއް ކަމަށްވާ އަބްދުއްރަޝީދު ސައީދު- އަބްސީއެވެ. އަބްސީ މިއަދުވަނީ އޭނާގެ ހަޔާތުގެ ފުރަތަމަ މެރަތަން ފުރިހަމަކޮށްފައެވެ. އަބްސީ މިއަދުގެ ރޭސް ފުރިހަމަ ކުރީ ކޮންމެވެސް ވަރަކަށް އަނިޔާގައިވެސް ހުރެއެވެ.
ފުލް މެރަތަން ފުރިހަމަ ކުރި ދުވުންތެރިންގެ ޓައިމިންގ
.