ads
ޗައިނާގެ ސީސީސީސީގެ އިސްވެރިން ރައީސް އަރިހަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް އަރިހަށް ސީސީސީސީ އިސްވެރިންގެ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސް ޑރ. މުއިއްޒުގެ އަރިހަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)ގެ އިސްވެރިންގެ އިހުތިރާމްގެ ޒިޔާރަތެއް ކޮށްފި އެވެ.

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ އަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގެ މަސައްކަތް ކުރި ކުންފުންޏެވެ. 

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަން ގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ޗައިނާގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއުއެކެވެ. އެ ބްރިޖު ރަސްމީކޮށް ހުޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އިންގިލާބީ ބަދަލެއް މާލެ ސަރަހައްދަށް ގެނުވި ޕްރޮޖެކްޓެކެވެ. ޖުމުލަ 1.3 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގެ ފުޅާމިނުގައި 20 މީޓަރު ހުރެ އެވެ.

ރައީސް ޑރ. މުހަންމަދު މުއިއްޒު ޗައިނާ އަށް މި ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

your imageޗައިނާގެ ސީސީސީސީގެ އިސްވެރިން ރައީސް އަރިހަށް - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ދަތުރުފުޅުގައި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއި އެކު ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުން، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް