ads
އިންތިހާބު ކާމިޔާބު ކުރެއްވި ޝެއިހް ހަސީނާ އަށް ރައީސްގެ ތަހުނިޔާ
ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަނެއްކާވެސް އިންތިހާބުވެވަޑައިގެންނެވި ޝެއިހް ހަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ޝެއިހް ހަސީނާގެ ބޮޑުވަޒީރު ކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކަމަނާ ދެއްވާ ހާއްސަ އަހަންމިއްޔަތަށް ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި މެސެޖުގައި، ރާއްޖެއާއި ބަންގްލަދޭޝްގެ ދެމެދުގައި އޮތް އަވަށްޓެރި ކަމުގެ ގާތް ގުޅުމަށް އަލިއަޅުވާލައްވައި، އެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ އިހްތިރާމުގެ މައްޗަށް ކަމުގައި ރައީީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން ރައީސް އޮފީހުން ބުނެފައިވަނީ ޝެއިހް ހަސީނާގެ ވެރިކަމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ދެ ގައުމަށްވެސް އޭގެ ލާބަ އާއި މަންފާ ކުރާނެ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވި ކަމަށެވެ.

މިމަހުގެ ހަތްވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި އިންތިހާބުގައި ޝެއިހް ހާސީނާގެ އަވާމީ ލީގް ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، އެ އިންތިހާބު ކުރިއަށްދަނީ އިންސާފުވެރިކަމާއެކު ނޫންކަމަށް ތުހުމަތުކޮށް، އިދިކޮޅު ގިނަ ޕާޓީތަކުން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.

އިންތިހާބު ބޭއްވުމުގެ ކުރިން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ހިންގި ހަމަނެޖެހުން ތަކުގެ ތެރެއިން ރޭލެއްގައި ރޯކޮށްލާފައި ވެސް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް