ads
ވާދޫ ކައުންސިލް ހުއްޓި އެލްޖީއޭ އިން އިންކުއަރީއެއް ހަދަނީ
ގދ. ވާދޫ ކައުންސިލްގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލު ނުކުރެވުމުގެ ސަބަބުން އެކަމަށް ހާއްސަ އިންކުއަރީއެއް ހަދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވާދޫ ކައުންސިލްގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އިދާރީ ގޮތުން އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ މައްސަލަ އަދިވެސް ހައްލުކުރެވިފައި ނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ވާދޫ ކައުންސިލްގައި އަހުލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ ހިންގުން ހުއްޓިފައިވާ ކަމަށެވެ. އަދި މަސައްކަތްކުރާނެ މާހައުލެއް ނެތި، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށް އެލްޖީއޭގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން ވާދޫ ކައުންސިލްގެ އިންކުއަރީ އެއް ހެދުމަށް އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވާދޫ ކައުންސިލްގައި އުފެދިފައިވަނީ ކޮން ކަހަލަ މައްސަލައެއްކަން އެލްޖީއޭއިން ހާމަކޮށްފައި ނުވިނަމަވެސް، މަސައްކަތް ހުއްޓިފައިވަނީ  ކައުންސިލްގެ މެންބަރުންގެ މެދުގައި ހުރި ކޯޅުންތަކެއްގެ ސަބަބުން މަސްލަހަތު ގެއްލިފައި ވާތީ ކަމަށް މައުލޫމާތު ލިބެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް