ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު ވިދާޅުވީ އިޒްރޭލުގެ ޒަޔަނިސްޓް ދައުލަތައް ހިތްވަރުދޭ އެމެރިކާގެ މަނަވަރަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާ ޑްރޯން ބޭނުންކޮށްގެން ހަމަލާދީފަވާކަމަށެވެ.
ޔަމަނުން ބުނީ އެ ހަމަލާތައް ދީފައިވަނީ މީގެ ކުރިން އެމެރިކާއިން ޔަމަނުގެ އަސްކަރިއްޔާއަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
ގައުމާއި ރައްޔިތުންގެ ދިފާއުގައި ދުޝްމަނުންގެ ހުރިހާ ނުރައްކާތަކާ ކުރިމަތިލާން ފަސްނުޖެހޭނެކަމަށް ބުނެފަވެއެވެ.
އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓަންދެން، އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ދާ އިސްރާއީލުގު ބޯޓުތައް ހުއްޓުވަމުން ގެންދާނެކަމަށް ޔަމަނުން ބުނެއެވެ.
ޔަމަނުން ބުނީ އިސްތިއުމާރުކޮށްފައިވާ ފަލަސްތީނަށް ދަތުރުކުރާ ބޯޓުތައް ފިޔަވާ ހުރިހާ ބޯޓުތަކަށް ރަތް ކަނޑުން ދަތުރުކުރެވޭނެ ކަމަށެވެ.