ads
ތިލަފުށި ބިންހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކަން ފަށައިފި
ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯއިން ބުނީ ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއުގެ  ދެވަނަ  ފިޔަވަހީގެ ދަށުން  އޭރިއާ އީ  ހިއްކުމުގެ  މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

އެ މަސައްކަތް ކުރިއަށް އޮތް 25 ދުވަހަށް ކުރިއަށްދާ ވާހަކަ ދާނެކަމަށް އެކުންފުނިން ބުނެއެވެ. 

އެހެންކަމުން މިސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުން  އެކަމަށް ސަމާލުވުމަށް  އާބަންކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އާބަންކޯއިން ބުނި ގޮތުގައި ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގުތިިސޯދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އާބަންކޯއިން ބުނީ ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ އަދި ގުޅީފަޅު ތިލަފުއްޓާ ގުޅާލެވުމުން މި ސަރަހައްދަށް އިގުތިސޯދީ ގޮތުން ކުރިއެރުންތައް އަންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް