ads
ދިގުރަށުގައި މަރާލައި ގޮނޑަށް އެއްލައިލި ކުއްޖާ ވަޅުލައިފި
އދ. ދިގުރަށުގައި މަރާލުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު މިރޭ ވަޅުލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު، ފަހު ދިގުރަށު ކުނިގޮނޑަށް އެއްލައިލާފައި އޮއްވާ ފެނުނު އެ ކުއްޖާގެ ހަށިގަނޑު މިރޭ ވަޅުލާފައި ވާކަން ފުލުހުން "ސީއެންއެމް" އަށް ކަށަވަރު ކޮށްދިން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ މިރޭ 9:00 ހާއިރު ހުޅުމާލޭ ސަހަރާގައެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ގެންދިއުމަށްފަހު، އެ މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު އަނބުރާ މާލެ ގެނެސް އޮތީ މޯޗަރީ އަށް ލާފައެވެ.

އެކުއްޖާގެ މަރުގެ މައްސަލަ އާ ގުޅިގެން ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 30 އަހަރުގެ ސްރީލަންކާ އަންހެނެއް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި އެވެ.

މަރާލުމަށްފަހު ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮތީ ދިގުރަށުގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އަންހެނަކު ވިހެއި ކުއްޖެކެވެ. އަދި ފޫޅުވެސް ނުކަނޑާ އޮތް އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް