ads
އުދަ އަރައި ކޮމަންޑޫގެ ގެ އަކަށް ލޮނު ވަދެފައި.-- ފޮޓޯ: ކައުންސިލް
މޫސުން ގޯސްވެ ރޭ ކޮމަންޑޫއަށް އުދައަރާ ގެތަކަށް ބޮޑެތި ގެއްލުންވެއްޖެ
މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ރޭ ކޮމަންޑޫއަށް އުދައަރާ ގެތަކަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އުދައެރުމުގެ ސަބަބުން ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އުދައިގެ ސަބަބުން ގޭގެޔަށް ލޮނު ވަދެ ހިފާ ގެންގުޅޭ ގިނަ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކައުންސިލާއި އެމްޓީސީސީ އަދި ފުލުހުން ގުޅިގެން ލޮނު ހިންދުމުގެ މަސައްކަތް ކުރިކަމަށް ބުނެ އެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތ ގުރައިދޫ އާއި ދ. ކުޑަހުވަދޫގެ ފަސް ގެއެެއްގައި ފެންބޮޑުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކުޑަހުވަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން، އެ ރަށު ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރެއިން ފެށިގެން މާލެއަށް ވެހެންމުންދާ ވާރޭގައި ބައެއް ގޭތަކަށް ފެންވަންނަމުންދާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއާއި ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ބައެއް ތަންތަނަށް ވަނީ ގެއްލުންތައް ވެސް ވެފައެވެ.

މެޓު އޮފީހުން ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މާލެ އަތޮޅުން ފެށިގެން ދ. އަތޮޅާ ހިސާބަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ، މިއަދުގެ 2:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް