މާލެ ސިޓީގެ މޭޔަރު އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޖަމީލު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރީ ހަމަ އެންމެ ސަބަބަކާ ހުރެކަމަށެވެ.
އެއީ ރައީސް މުއިއްޒު، ޔާމީނަށް ކެހިދިން ދިނުން ރައްޔިތުން ބަލައި ނުގަތީކަމަށް ޖަމީލު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޔާމީންގެ ނަން ޖަހާފައި ހުންނަ ގޮޑީގެ ފޮޓޯ ހިއްސާކުރައްވާ ޖަމީލް ވިދާޅުވީ "މިއަދުވެސް އެ ހުސްގޮނޑި ރައްޔިތުންނަށް ފެނޭ." ކަަމަށެވެ.
"ވެރިކަމަށް 60 ދުވަސް ނުވަނީސް ތިޔަ ލިބުނީ ރައްޔިތުންގެ ނޯކޮންފިޑެންސް." ޖަމީލް ވިދާޅުވި އެވެ.
މިއަދު ކުރިއަށް ދިޔަ މާލޭ މޭޔަރު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން އިދިކޮޅު ކެނޑިޑޭޓް އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.