ads
ގާޒާގެ އަލްއަގްސާ ހޮސްޕިޓަލް
ތެޔޮ ހުސްވެ ގާޒާގެ އަލްއަގްސާ ހޮސްޕިޓަލް ހުއްޓުމަކަށް
ފަލަސްތީނުގެ ގާޒާގައި ހުންނަ އަގްސާ ހޮސްޕިޓަލުން ތެޔޮ ހުސްވެ އެތަން އެއްކޮށް ހުއްޓުމަކާ ހަމައަށް ގޮސްފި އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މިވަގުތު އަލް އަގްސާ ހޮޕިޓަލުން ތެޔޮ ހުސްވެ އެ ހޮސްޕިޓަލުގެ ކަރަންޓް ވަނީ ކެނޑިފަ އެވެ. އަދި އެ ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދަށް ހައްދުފަހަނަ އަޅާފައިވާ ނުލަފާ އިޒްރޭލުން ދަނީ ކެނޑިނޭޅި ބޮން އަޅަމުންނެވެ.

އެ ހޮސްޕިޓަލުން ކަރަންޓު ކެނޑުނު އެ ހޮސްޕިޓަލުން ދިޔައީ އެނދުމަތިކޮށްގެން ވަރަށް ހާލު ބޮޑެތި ބަލި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން އަލް އަގްސާ ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ތެޔޮ ހުސްވުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވަނީ ދުވަސް ނުފުރާ ވިހާފައި ތިބި ކުދިން ހިމެނޭހެން ތުއްތު ކުދިން ކަމަށާއި އޭގެއިތުރުން އައިސީޔޫތަކުގައި ފަރުވާ ދެމުންދާ ބަލި މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށް ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ހޮސްޕިޓަލުގެ އައިސީޔޫގައި ތިބި ކުދިންނަށް ފޯނުން އަލިކޮށްގެން ފަރުވާދޭން މަސައްކަތް ކުރަމުންދާއިރު ދުނިޔޭގެ ތެޔޮ ވަޅުތަކުގެ ވެރިން ކަމުގައިވާ އަރަބިން ކޮބާތޯ އެވެ. މި ހައްސާސީ ދަނޑިވަޅުގައި އަރަބިން ހަނު ތިބި ތިބުން މުސްލިމުންނަކަށް ބަލައެއް ނުގަނެވެ އެވެ.

ކަފުން ހަދިޔާ ކުރުމުގެ ބަދަލުގައި އަރަބިންނަކީ ތެލުގެ ނިސްބަތުން މުއްސަނދި ގައުމަކަށް ވީއިރު މުސްލިމުންގެ ވެރިންގެ ލީޑަރޝިޕް ދައްކަވާ އަލް އަގްސާ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނިއްޔާ ކީއްތޯ އެވެ. 

މިދިޔަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ޔަހޫދީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހައިތަނަށް 23941 މީހުން ޝަހީދުވެފައިވެ 61317 މީހުން ޒަހަމުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓަރީން ބުނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް