ads
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ.
މި ލިބުނީ ފިލާވަޅެއް، ދެން ނުކުންނާނީ ގަދަކޮށް: އަދުރޭ
މާލޭ ސިޓީ ބައި އިލެކްޝަންގައި މޭޔަރު ގޮނޑި ކާމިޔާބު ނުވުމަކީ ފިލާވަޅެއް ކަމަށާއި، ކުރިއަށްހުރި އިންތިހާބު ތަކުގައި ނިކުންނާނީ ގަދަކޮށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް ފަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، އެ ޕާޓީއަށް މޭޔަރު ގޮނޑި ކާމިޔާބު ނުކުރެވުނީ އެކަށީގެން ވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށާއި، މިއީ ލިބުނު ފިލާވަޅެއް ކަމަށެވެ. އެހެންކަމުން ޕާޓީގެ އާއްމު މެމްބަރުންގެ ކިބައިން އަދުރޭ ވަނީ މާފަށް އެދިފަ އެވެ.

"މި އިންތިހާބުގެ ނަތީޖާއިން މިލިބުނު ފިލާވަޅުތަކުގެ ބޭނުންހިފައިގެން ކުރިއަށް ހުރި އިންތިހާބުތަކުގައި މިއަށްވުރެ ވަރުގަދައަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މެންބަރުންނަށް އަރުވަން." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މޭޔަރު ގޮނޑި ކާމިޔާބު ނުވީ ސަރުކާރުގެ ސިޔާސަތު ތަކާއި މެދު މާލޭގެ ރައްޔިތުން ހިތްހަމަ ނުޖެހިގެން ނުވަތަ ރައީސްއަށް އިތުބާރު ނެތިގެން ނޫން ކަމަށެވެ.

މީގެއިތުރުން އެ ޕާޓީން ސަރުކާރާ ހަވާލުވެ ސަރުކާރު އެކުލަވާލުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔުމުން ޕާޓީގެ އާންމު މެންބަރުންނާއެކު ބާއްވަންޖެހޭ ގުޅުން އެންމެ އެދެވޭ ގޮތުގައި ނުބޭއްވުނު ކަމަށް ވެސ އަދުރޭ ފާހަގަ ކުރެއްވި އެވެ.

އަދުރޭ ވަނީ އެ ޕާޓީގެ އެއްވެސް މެންބަރަކު މާޔޫސްވާނެ ފަދަ އެއްވެސްކަމެއް ޕާޓީގެ ލީޑާޝިޕުން ދެން ނުފެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާލެ ސިޓީއަށް މޭޔަރު ރޭސް 7621 ވޯޓާއެކު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5031 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް