އެރަށު ގޮނޑުދޮށް ހަމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނެވެ. އެކުންފުނިން އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށުން 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމަށްވަނީ ހަމަޖެހިފަ އެވެ.
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެ ކެވެ. އެމްޓީސީސީގެ އަމާޒަކީ އިންނަމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެކުންފުނިން ބުނެ އެވެ.