ads
އިސްލާމީ މަރުކަޒު
ދެ އީދާއި ރޯދަ އަދި ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ
ދެ އީދާއި ރޯދަ އަދި ރާއްޖެ އިސްލާމްވި ދުވަސް ހިމެނޭ ގޮތުން އިސްލާމީ މުހިއްމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަކުރަން ސަރުކާރުން މަޝްވަރާކޮށްފި އެވެ.

ސަރުކާރުން މިކަން އިއުލާން ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިސްލާމީ މިފަދަ މުނާސަބަތުތައް ހުރިހާ ރަށެއްގައި ފާހަގަކުރުމަށް ސަރުކާރުން ވިސްނާފައިވަނީ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެންނެވެ. 

އެގޮތުން، ފާހަގަކުރަން ނިންމާފައިވާ ބައެއް ހާއްސަ މުނާސަބަތުތަކަކީ:

  • ރޯދަ މަހުގެ މުނާސަބަތު

  • ދެ އީދު ދެ ދުވަސް

  • ރާއްޖެ އިސްލާމްވި ދުވަސް

ރައީސް އޮފީހުން ބުނީ އެކަމާއި ގުޅޭ ނިންމުންތައް ނިންމުމުގައި އިސްލާމިކް މިނިސްޓްރީއާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަަދަ މުނާސަބަތުތައް ފާހަގަ ކުރަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

އިސްލާމީ މުހިންމު މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މޭޔަރު ކަމުގައި ހުންނަވާ މުއިއްޒު ވަނީ އީދު މުނާސަބާ ގައި މާލެ ސިޓީ ދިއްލާލާ އިސްލާމީ ޝިއާރުތަކުން ގުގުމާލާ ފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް