ads
ދަރުމަވަންތަ ހޮސްޕިޓަލް
ހެލްތް މިނިސްޓަރަށް ލަފާދޭން ތިން ކޮމިޓީއެއް އެކުލަވާލަން އެދިއްޖެ
ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކޮށް، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ލަފާ ހެލްތް މިނިސްޓަރަށް ދޭނެ ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތް މިނިސްޓްރީން އެދިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި، ސިއްހީ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުގެ ލަފަޔާއި އިރުޝާދު މިނިސްޓަރަށް ހޯދުމަށް، ތިން ކޮމިޓީއެއް އެކުލަވާލަން އެދި ހެލްތު މިނިސްޓްރީން ކަރުދާހެއް ހުޅަހަޅާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން އެކުލަވާލަން ހުށަހަޅާފައިވާ ތިން ކޮމިޓީ:

  1. ހެލްތް އެޑްވައިޒަރީ ކޮމިޓީ
  2. ޕަބްލިކް ހެލްތް އެޑްވައިޒަރީ ކޮމިޓީ
  3. ކިިއުރޭޓިވް ހެލްތްކެއާގެ އެޑްވައިޒަރީ ކޮމިޓީ

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން ޔޫރަޕާއި އެމެރިކާއިން ބޭސް އެތެރެކުރުމާއި، ޔޫއޭއީ އާއި ތައިލެންޑް ފަދަ ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަށް ނިންމަވާފައި ވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސީދާ މިނިސްޓަރަށް ލަފާ ދިނުމަށް ތިން ދާއިރާއަކުން ކޮމެޓީތައް އުފައްދަން ނިންމާފައިވާއިރު، މި ދާއިރާގެ މެންޑޭޓް ވަރަށް ބޮޑެވެ. ސިއްހީ ކަންކަމާ ގުޅޭ ހުރިހާ ކަމެއް މިނިސްޓްރީގެ ދަށުގައި އޮންނައިރު، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރަން ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް