އަންހެން ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗު އޮރިކްސްއިން ކާމިޔާބުކުރީ ރެޑްހޯކްސް އަތުން 20-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮރިކްސްގެ ފާތިމަތު އަރޫޝާއެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އޮރިކްސްގެ ފާތިމަތު ޖޫޒާން ޒަރީރާއި, އަރޫޝާ އާއި, ޒުލެއިހާ އިބްރާހީމާއި, ފާތިމަތު ޝިފާ އާއި, ރަފާހާ އިބްރާހީމުގެ އިތުރުން ރެޑްހޯކްސްގެ ފިރުޝާނާ ނަސީރު އަދި ފާތިމަތު ޖުނާއެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ވެލިދޫ ޔުނައިޓެޑުން ކާމިޔާބުކުރީ ޒެފްރޯލް އަތުން 37-26 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑުގެ މުޙައްމަދު ޔަޝްމު އަޙްމަދެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ވެލިދޫ ޔުނައިޓެޑުގެ ވިޝާން އަބްދުލް މަޖީދާއި, ވެލިދޫގެ ޔަޝްމު އާއި, މުޙައްމަދު އައްފާން އާތިފާއި, ރާއިދު ރަޝީދާއި, ޒެފްރޯލްގެ އިސްމާޢީލް ފަރުހާނާއި, އަޙްމަދު ނަޖީބުގެ އިތުރުން މުޙައްމަދު ފިރުނާޝް އަބްދުالله އެވެ.