ޑރ. މުހައްމަދު އަލީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި އެޗްވަންއެންވަން ފެތުރެމުންދާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި އިންފްލުއެންޒާ ޖެހިގެން ޒުވާނަކު މަރުވެފައިވާ ކަމަށާއި، އެ ބަލި ޖެހިގެން އިތުރު ތިން ޒުވާނުން މިހާރު ވެސް ވެންޓިލޭޓަރުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ، އިންފްލުއެންޒާގެ ސަބަބުން ބޮޑު ބަލިމަޑުކަމަކަށް ހުޅަހެޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
މީގެއިތުރުން ބަލި ހާލަތު ބޮޑުވުމުން ސަލާމަތް ވެވޭނީ ބަލި ޖެހުމުގެ ކުރިން ރައްކާރިވުމުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި، ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.