އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާއިން ވަނީ ޔަމަނުގެ ހޮދެއިދާ ޕޯޓަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދީފަ އެވެ.
ހުކުރު ދުވަހު ވެސް އެމެރިކާ އާއި އިނގިރޭސި ވިލާތު އިސްކޮށް އޮންނަ ކޯލިޝަނުން ވަނީ ޔަމަނުގެ އެކި ސަރަހައްދުތަކަށް 60 އަށް ވުރެ ގިނަ މިސައިލު ހަމަލާ ދީފައެވެ.
އެ ހަމަލާތަކާ ގުޅިގެން ޔަމަނުގެ ހޫތީން ވަނީ އިނގިރޭސި ވިލާތު އަދި އެމެރިކާއަށް ނިސްބަތްވާ އެއްވެސް އުޅަނދަކަށް ރަތް ކަނޑު ހުރަސްނުކުރެވޭނެކަމަށް ބުނެފައެވެ.
ގައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ޔަމަނުން ވަނީ އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ރަތް ކަނޑު ބަންދުކޮށްފަ އެވެ.
އެމެރިކާގެ ހަމަލާތައް ޔަމަނަށް އަމާޒުވެފައި މިވަނީ އިޒްރޭލުގެ ބޯޓުތަކަށް ރަތް ކަނޑު ބަންދުވުމުގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.
ޔަމަނުގެ އާންމުން ވަނީ ހުކުރު ދުވަހުގެ ހަމަލާތަކާއި ގުޅިގެން ހަނގުރާމަ އިއުލާނުކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ.