ads
އައު މަޖިލީހަށް އެމްޑީޕީގެ 12 މެމްބަރުން ޕްރައިމެރީގައި ވާދަކުރަނީ
ރައްޔިތުން މަޖިލީހުގެ މި ދައުރުގައި އެމްޑީޕީ ތަމްސީލުކުރާ 12 މެމްބަރުން އަންނަ މަޖިލީހުގެ ޕާޓީ ޕްރައިމެރީއަށް ދާން ޖެހިއްޖެއެވެ. 19 ވަނަ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީ އަންނަ މަހުގެ 3 ވަނަދުވަހު ބާއްވާނެކަން އެޕާޓީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

އަންނަ މަޖިލީހުގައި 96 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. މަޖިލީހގެ ޕްރައިމެރީއަށް އިދިކޮޅު އެމްޑީޕީން ހުޅުވާލުމުން އެންމެ ކެންޑިޑޭޓަކު ވާދަކުރާތީ 36 ދައިރާއެއްގައި ޕްރައިމެރީ ނޯންނާނެކަން އެމްޑީޕީން ވަނީ ބުނެފައެވެ. ޕްރައިމެރީ އޮންނާނީ 43 ދާއިރާއެއްގައެވެ. އެހެންކަމުން މި އަދަދަށް ބެލުމުން 93 ދައިރާ ހިމެނޭ އަންނަ މަޖިލީހުގެ 14 ދާއިރާއަކަށް އެމްޑީޕީން މެމްބަރުން ކުރިމަތިލާފައެއް ނުވެެ.

އަންނަ މަހުގެ 3 ވަނަދުވަހު ބާއްވާ އެތެރޭގެ އިންތިހާބުގައި މިހާރު މަޖިލިސް ތަމްސީލުކުރާ އެމްޑީޕީގެ 11 މެމްބަރު ވާދަކުރެއެވެ.

ޕްރައިމެރީގައި ވާދަކުރާ މިހާރުގެ މެމްބަރުން  

  1. އަބްދުﷲ ވަހީދު ( ދިއްދޫ ދާއިރާ )
  2. އިބްރާހިމް ޝަރީފް ( ކެލާ ދާއިރާ )
  3. އަބްދުލްގަފޫރް މޫސާ( ހަނިމާދޫ ދާއިރާ )
  4. ޔާސިރު އަބްދުލްލަތީފް ( ކުޅުދުށްފުށި އުތުރު ދާއިރާ )
  5. އަހްމަދު ހާރޫން ( މަނަދޫ ދާއިރާ )
  6. މުހައްމަދު އަބްދުﷲ ޝަފީގް ( ވެލިދޫ ދާއިރާ )
  7. މުހައްމަދު ރަޝީދު ހުސެއިން ( އަލިފުށި ދާއިރާ)
  8. އަބްދުﷲ ޖާބިރު ( ކާށިދޫ ދާއިރާ )
  9. އަހްމަދު ހަލީމް ( ބިލެތްދޫ ދާއިރާ )
  10. މުހައްމަދު ނާޝިޒު ( ކިނބިދޫ ދާއިރާ )
  11. ސައުދު ހުސެއިން ( ވިލިގިނލި ދާއިރާ )
  12. ރޮޒައިނާ އާދަމް ( އައްޑޫ މީދޫ ދާއިރާ ) 

މި މެމްބަރުންގެ ތެރެއިން ރޮޒައިނާ އާދަމް ފިޔަވާ ދެން ތިބި ހުރިހާ މެމްބަރުންވެސް ނުކުންނަނީ އެ މެމްބަރުން މިހާރު ތިބި ދާއިރާއަށެވެ. ރޮޒައިނާ މި ފަހަރު ވާދަކުރަނީ އައްޑޫ ސިޓީގެ ފޭދޫ އުތުރު ދާއިރާއަށެވެ. 

މިހާރު މެމްބަރުންގެ ތެރެއިން ޕްރައިމެރީ ނުލާ ޓިކެޓް ލިބުނު ބައެއް މެމްބަރުން

  1. އަހުމަދު ސަލީމް  ( ހޯރަފުށި ދާއިރާ )
  2. ހުސައިން ޒިޔާދު  ( ވައިކަރަދޫ ދާއިރާ )
  3. މުހައްމަދު ރާއީ  ( މަކުނުދޫ ދާއިރާ )
  4. އަލީ ރިޒާ ( މިލަންދާ ދާއިރާ )
  5. މުހައްމަދު ޝާހިދު ( ފުނަދޫ ދާއިރާ )
  6. އިސްމާއިލް އަހުމަދު  ( ދުވާފަރު ދާއިރާ )
  7. ޖީހާން މަހުމޫދު  ( ހިންނަވަރު ދާއިރާ )
  8. އިކްރާމް ހަސަން  ( ދިއްގަރު ދާއިރާ )
  9. ޔައުގޫބު އަބްދުﷲ ( ދާންދޫ ދާއިރާ )
  10. އަހުމަދު ސައީދު ( ގެމަނަފުށި ދާއިރާ )
  11. މުހައްމަދު އަސްލަމް  ( ހިތަދޫ އުތުރު ދާއިރާ )
  12. އިބްރާހިމް ނާޒިލް  ( ހިތަދޫ ދެކުނު ދާއިރާ )
  13. ހުސައިން ޝަމީމް ( ހެންވޭރު ދެކުނު ދާއިރާ )
  14. މީކާއިލް އަހުމަދު ނަސީމް ( ގަލޮޅު ދެކުނު ދާއިރާ )
  15. މުހައްމަދު ފަލާހު  ( މާފަންނު ހުޅަނގު ދާއިރާ ) 

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީ އެއް ހޯދާފައެވެ. 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ސުޕަރ މެޖޯރިޓީ މަޖިލީހުގެ އިންތިހާބެއްގައި ހޯދާފައިވަނީ އެޕާޓިންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް