ނޭޝަނަލް ޑުރަގު އެޖެންސީން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަސްތުވާތަކެއްޗަށް ފަރުވާ ދޭ މަރުކަޒުތައް އުފައްދުމާއި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހުތިޔާރު ލިބި ދީފައިވާތީ އެކަމަށް ހުޅުވައިލާ ކަމަށެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މި މަހުގެ 21 އާ ހަމައަށް ހުޅުވާލައިފަ އެވެ.
އެންޑީއޭއިން ބުނީ މިކަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައި އޮންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހުގެ 10:00 ގައިކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑެވެ. އެ ކަމަށް ހައްލު ގެނައުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
ދާދި ފަހުން އެންޑީއޭ އިން ބުނި ގޮތުގައި ޑްރަގް ފަރުވާގެ ކިއުގައި 700 އެއްހާ މީހުން އެބަތިއްބެ އެވެ.