ads
އަގުހުރި އިނާމު ތަކާއެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން، 300،000 ރުފިޔާގެ އަގުހުރި އިނާމު ތަކާއެކު މިރޭ ފަށައިފި އެވެ.

އެސްޓީއޯގެ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް އެކުންފުނިން ބާއްވަމުން އަންނަ، ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލް އެއް ސޭލް އެވެ.

އެސްޓީއޯއިން ބުނީ އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ޕްރޮމޯޝަންގައި ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވިޔަފާރި ކުރައްވައިގެން ކަސްޓަމަރުންނަށް ގިނަ ޑިސްކައުންޓް ތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން ޕްރޮމޯޝަން ތެރޭގައި ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސް އިން ކުރާ 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންގައި 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށާއި، ރޯދަމަހުގެ ކުރިން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އޭގެތެރެއިން އެއްވަނަ އިނާމަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް އަދި ތިންވަން ފަރާތަކަށް ތިން ރޫމް އެޕަޓްމެންޓުގައި ނިޕޯންޕެއިންޓުގެ ކުލަ ލާދިނުން ހިމެނެއެވެ.

މީގެއިތުރުން ރޯދަމަހުގެ ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެ ކަމަށާއި، މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން އެއްވަނަ އިނާމަކަށް، ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓް ލިބިގެން ދާއިރު، ދެވަނަ އިނާމަކަށް ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުގައި 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯގެ އީ ސްޓޯރު މެދުވެރި ކޮށް ވެސް ޕްރޮމޯޝަން ޕްރޮޑަކްޓްތައް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް