ads
ފީފާގެ ދަ ބެސްޓްގެ ކުރީ އަހަރުގެ ފަންކްޝަންގައި
ފީފާގެ ދަ ބެސްޓް އަނެއްކާވެސް މެސީއަށް
ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު – ދަ ބެސްޓް، އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ހޯދައިފިއެވެ.

ދަ ބެސްޓް އެވޯޑް ހޯދުމުގެ ރޭހުގައި މެސީއާ ވާދަކުރީ، މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް އާއި ފްރާންސާއި ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ އެވެ. ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ބެލޮންޑޯއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ ވަނީ ފީފާ ދަ ބެސްޓް އެވޯޑް ވެސް މީގެ ކުރިން ތިން ފަހަރު ހާސިލްކޮށްފަ އެވެ. ފީފާ ބެސްޓް އެވޯޑަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މަގާމެކެވެ.

ދަ ބެސްޓް އެވޯޑް މެސީއަށް ލިބުނު ނަމަވެސް އެވޯޑް ފަންކްޝަންއަށް މެސީ ހާޒިރެއް ނުވެއެވެ. މެސީ އެވޯޑް ބަލައި ހާޒިރުނުވުމުން އެވޯޑް ހަފުލާގައި އޭނާގެ ނަން އިއުލާނުކުރުމަށްފަހު ޝޯ ހޯސްޓްކުރި ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ބުނީ މޮޅު ކުޅުންތެރިޔާ ހަފުލާގައި ނެތް ކަމަށެވެ.

އެއް ބަޔަކު ބުނީ މެސީ އެވޯޑް ހަފުލާއަށް ނުދިޔައީ ފީފާ ދަ ބެސްޓް އެވޯޑް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. މި ފަހަރުގެ އެވޯޑް ހަފުލާ އަކީ މެސީ އަށް އެވޯޑް ލިބި، އޭނާ އެވޯޑް ބަލައި ނުދިޔަ ފުރަތަމަ ފަހަރެވެ. އަދި އެވޯޑް ހަފުލާއަށް ނުދިޔަ ވަކި ސަބަބެއް ވެސް އޭނާ ނުބުނެ އެވެ.

މެސީ އެވޯޑް ފަންޝަނަށް ނުދިޔައިރު، އޭނާ އަންނަނީ އޭނާ މިހާރު ކުޅޭ އެމެރިކާގެ އިންޓަމިއާމީއާ އެކު ޕްރީ ސީޒަން ޓްރެއިނިންތައް ހަދަމުންނެވެ. އެއީ އެމެރިކާ ލީގު ފަށާނީ ފެބްރުއަރީ މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް