ads
50 އަހަރުވަންދެން ޗާޖުކުރަން ނުޖެހޭ ފޯނު ބެޓަރީއެއް އުފައްދައިފި
ސުމާޓު ފޯނުތަކާއި އެހެނިހެން ވަސީލަތްތަކުގައި ބޭނުންކުރުމަށް 50 އަހަރު ވަންދެން ޗާޖުކުރަން ނުޖެހޭ ބެޓަރީއެއް ޗައިނާ ކުންފުންޏަކުން އުފައްދައިފިއެވެ.

މި ބެޓަރީ އުފައްދާފައިވަނީ ނިއުކުލިއާ ހަކަތަ ބޭނުންކޮށްގެންނެވެ. 

ޗައިނާގެ ކުންފުންޏެއްކަމަށްވާ ބީޓާވޯލްޓް ޓެކްނޮލޮޖީން މިހާރުވެސް އެ ކުންފުނީގެ ފުރަތަމަ މޮޑެލް — ބީބީ100 — 15 x 15 x 5އެމްއެމް ގެ ބޮޑުމިނެއްގައި ހުރިއިރު، 100 މައިކްރޯވޮޓްގެ ކަރަންޓް ލިބޭ ބެޓަރީއެއް އަންނަނީ ބޭނުންކުރަމުންނެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކުންފުނިން ބޭނުންވަނީ މި ޓެކްނޮލޮޖީ ކުރިއަރުވައި، އެއް ވޮޓްގެ ކަރަންޓް ފޯރުކޮށްދޭ ކުދި ބެޓެރީތައް އުފެއްދުމެވެ. 

މި ބެޓެރީތައް މަސައްކަތް ކުރަނީ ރޭޑިއޯއެކްޓިވް ޑީކޭއި ބޭނުންކޮށްގެން ހަކަތަ އުފައްދައިގެންނެވެ. މި ޓެކްނޮލޮޖީ އެހެން އެޕްލިކޭޝަންތަކުގައި ބޭނުންކޮށްފައި ނުވަނީ ރޭޑިއޯއެކްޓިވް މެޓީރިއަލްސް — ޕްލޫޓޯނިއަމް ފަދަ — ބޭނުން ކުރަން މާ ނުރައްކާތެރި ކަމުންނެވެ. އަދި މި ބެޓެރީތައް މާ ބޮޑު ނުވަތަ އެކަށީގެންވާ ކަރަންޓް ނުލިބޭ މައްސަލަ ވެސް ކުރިމަތިވި އެވެ.

ނަމަވެސް ބީޓާވޯލްޓުން ދަނީ އާޓިފިޝަލް ޑައިމަންޑްގެ ފަށަލައަކާއި ހަލާކުވަމުންދާ ނިކަލް އައިސޮޓޯޕް ބޭނުންކޮށްގެން އުފައްދާފައިވާ މި ބެޓެރީގެ ވަރޝަނެއް ތަރައްގީ ކުރަމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ނިޒާމުން އެއްވެސް ރޭޑިއޭޝަނެއް ނުނިކުމެ، އަދި ވިހަ ކެމިކަލެއް ނުއުފެދެނީ ނިކަލް-63 ފަޅައިގެން ގޮސް ކޮޕަރަކަށް ވާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބީޓާވޯލްޓްގެ ބެޓެރީއަކީ ފޯނުނާއި ކުދި ޑްރޯންތަކާއި ކުދި ރޮބޮޓް ފަދަ ޑިވައިސްތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނެ ބެޓެރީއެކެވެ. މި ނިއުކްލިއާ ބެޓެރީއަކީ ވެސް 50 އަހަރު ވަންދެން ޗާޖުނުކޮށް ބޭނުންކުރެވޭނެ ބެޓަރީއެކެވެ. މައިނަސް 60 ޑިގްރީ ސެލްސިއަސް އާއި 120 ޑިގްރީ ސެލްސިއަސް އާއި ދެމެދު އިތުބާރު ހުރި ގޮތެއްގައި މަސައްކަތް ކުރާ ބެޓެރީއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް