ads
ދިވެހި ސިފައިން ހަތިޔާރާއެކު - ފޮޓޯ: މިހާރު
ދިވެހި ސިފައިންނަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯދަނީ
އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރި ކުރުމަށް އެންމެ ޒަމާނީ ވަސީލަތްތައް އެމްއެންޑީއެފަށް ހޯދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަސި ބުނީ، ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި، ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސޯދީ ސަރަހައްދު ދިފާއުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ސިފައިންގެ ޒިންމާއެއް ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވާ ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނާ އާއި މުދާ ސަލާމަތް ކުރުމުގެ މަސައޫލިއްޔަތާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމުގެ އިތުރުން ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަމާލަަަތް ކުރުމުގެ މަސްއޫލިއްޔަތު ވެސް ގާނޫނުގައި މަތިކޮށްފައި ވަނީ ދިވެހި ސިފައިންނަށް ކަމަަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންކަމުން، ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

"މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ ތަކާއި އެއްބަސްވުން ތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާ ކަމަށާއި، އެގޮތުން ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާއި، ރާއްޖެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރެރިޒަމް ފަދަ ކުށްތައް ހުއްޓުވުމަކީވެސް އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއެކު، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން، އެމްއެންޑީއެފްގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ހޯދައިދިނުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފަށް ޒަމާނީ ވަސީލަތްތައް އިތުރު ކުރުމުގެ މަސްކަތް ޑިފެންސް މިނިސްޓްރީން ފަށާފައި ވާއިރު، ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމާއި މަރާމާތުކުރަން ތިބޭ އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭން ބޭލުމަށް ސަރުކާރުން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް