ads
މާލޭ ސިޓީ ކައުންސިލް އާއި ޗައިނާގެ ފޫޒޯ ސިޓީ އާ ގުޅުން ބަދަހި ކުރަނީ
މާލޭ ސިޓީ ކައުންސިލް އާއި ޗައިނާގެ ފޫޒޯ ސިޓީ އާ ދެމެދު ގުޅުން ބަދަހިކުރުމައް ނިންމާއިފިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެެވެ.
Advertisement

މިއަދު މާލޭ ސިޓީ ކައުންސިލްއިން ނެރުން ޕްރެސް ރިލީޒްއެއްގައިވާ ގޮތުން މާލޭ ސިޓީ އާއި ފޫޒޯ ސިޓީއާ ދެމެދު "ލެޓަރ އޮފް އިންޓެންޓް" އެއް ގައި ސޮއިކޮށްފައި ވާކަމަށެވެ.

މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފޫޒޯ ސިޓީގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ހަމަޖެހިގެންދިޔަ ކަމެއްކަމަށާއި މާލޭ ސިޓީއާއި ފޫޒޯ ސިޓީއާ ދެމެދު ފްރެންޑްލީ ސިޓީ ގުޅުން ގާއިމްކުރުމުގެ މަސައްކަތްތައް ފެށުމުގެ ގޮތުން "ލެޓަރ އޮފް އިންޓެންޓް" ގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަލްފާޟިލް އަޙްމަދު ނަރީޝްކަމަށް އެ ޕްރެސް ރިލީގްގައި ވެއެވެ. 

your image "ލެޓަރ އޮފް އިންޓެންޓް" ގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ސޮއިކުރައްވަނީ ފޮޓޯ: މާލެސިޓީ ކައުންސިލް 

މާލޭ ސިޓީއާއި ފުޒޯ ސިޓީއާ ދެމެދު މިފަދަ ގުޅުމެއް ގާއިމުކުރުމުން ދެ ސިޓީ ދެމެދު ތަފާތު ދާއިރާތަކުން ގުޅުން އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށާއި މިގޮތުން އިގްތިސާދީ ދާއިރާއިންނާއި، ތަޢުލީމާއި ސިއްޙަތު ދާއިރާއިނާއި، ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއިން އަދި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ސަގާފީ ދާއިރާއިން ގުޅުން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިން ބުނެއެވެ.

މީގެ ކުރިންވެސް މާލޭ ސިޓީއާއި ސޫޒޯ ސިޓީއާ ދެމެދު 2016 ވަނަ އަހަރު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށާއި އމިގުޅުމުގެ ސަބަބުން ދެ ސިޓީދެމެދު އިގްތިސާދީ ގޮތުން ގުޅުން އިތުރުވެގެން ދިޔަކަމަށް އެ ރިލީޒްގައި ވެއެވެ. ކޮވިޑް19 ގެ ދުވަސްވަރު ސޫޒޯ ސިޓީގެ ފަރާތުން ވަނީ ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކުރި ކަމަށް މާލޭ ސިޓީ ކައުންސިލް އިން ފާހަގަ ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް