ads
ސިޔާސީ ދާއިރާ އަށް އަންހެނުން ނެރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ސިޔާސީ ދާއިރާ އަށް އަންހެނުން ނެރުމަށް މަސައްކަތު ބައްދަލުވުމެއް މިނިސްޓްރީ އޮފް ޝޯސަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބާއްވައިފި އެވެ.
Advertisement

މިއަދު މި މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ވާގޮތުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ޝައުގުވެރިކަން ހުރި އަންހެނުން ބާރުވެރިކުރުމަށް އެ ވުޒާރާއިން މިއަދު "އިސްނަގައިގެން - ސިޔާސީ މައިދާނުގައި އަންހެނުން" މި ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާކަމަ ށެވެ. 

އަންހެނުން ސިޔާސީ ދާއިރާގައި ފިރިހެނުންނެކޭ އެއްވަރަށް ހަރަކާތްތެރިވުމަށް ބާރުއަޅާ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން ބާރުވެރި ކުރުވުމަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14 ގައި ހިމެނިފައިވާ ވަރަށް މުހިންމުކަމެ ކެވެ. 

އެ މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް އަދި އަމިއްލަ ކުންފުނިތައްވެސް ހިމެނޭނެހެން ވަޒީފާގެ މާޙައުލުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބާރުއެޅުމުގެ ގޮތުން އެ މިނިސްޓްރީން ނިޝާނެއް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަ ށެެވެ.

 

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މުއައްސަސާތަކުގައި "ޖެންޑާ އިކުއަލިޓީ ސީލް" ތައާރަފް ކުރަން ނިންމަވާފައި އެވެ. 

"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިގްތިސާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން ޤައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ނިޒާމެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދެވިގެންދާނެ އެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތަކުގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި، އިދާރާއަށް މުވައްޒަފުން ޢައްޔަނުކުރުމުގައި ޖެންޑާ ނިއުޓްރަލް އުސޫލެއް ގެންގުޅުމާއި، މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ޙައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޖެންޑަރ ރެސްޕޮންސިވް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުމުގެ އިތުރުން ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން ހިމެނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް