ads
މިނިސްޓަރ ރާފިއު
ރަށްރަށުގައި ނުނިމި ހުރި ކުޅިވަރު މަޝްރޫތައް ކައުންސިލްތަކާ ހަވާލު ކުރަނީ
ރަށްރަށުގައި ނުނިމި ހުރި ކުޅިވަރު މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެ މަސައްކަތްތައް ނިންމައި ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށް ކުޅިވަރާ، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ނުނިމި ހުރި ކުޅިވަރު މަޝްރޫއުތަކުގެ ފައިސާ ހަމަޖައްސައި، ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވީ، ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކައިގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށުން ކުރިއަށްދިޔައީ ނ. މާފަރުގައި ތަރައްގީކުރި ވޮލީކޯޓު ހުޅުވުމުގެ ތެރެއިންނެވެ. ނ. މާފަރުގައި ވޮލީކޯޓު ހުޅުއްވައިދެއްވީ މިނިސްޓަރު ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރު ރާފިއު ވަނީ މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެ މަސައްކަތްތައް ނިންމައި ކައުންސިލްތަކާ ހަވާލުކުރެވޭނެކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ރަށް ރަށަށް އިތުރަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ދެނެގަތުމަށް އެސެސްމަންޓްތައް ހަދައި، އެ ރަށް ރަށުގައި ވަސީލަތްތައް ފުރިހަމަ ކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ކުޅިވަރު ވަސީލަތްތައް ފުރިހަމަކުރުމާއިއެކު، އެކި ކުޅިވަރުތަކުން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރެއިން ކުޅިވަރު ވުޒާރާއިން ފުރިހަމަކުރި ދެވަނަ ވައުދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް