ads
ގެލެކްސީ އޭއައި އާއެކު ސެމްސަންގްގެ އެސް24 ދައްކާލައިފި
ގެލެކްސީ އޭއައި އާއެކު ސެމްސަންގުން އެސް24 ގެ މޮޑެލްތައް ރޭ ދައްކާލައިފި އެވެ.

ސެމްސަންގްއިން ދުނިޔޭގެ ބާޒާރަށް ނެރޭ އާ އުފެއްދުން ދައްކާލުމަށް ރޭ ބޭއްވި "ގެލެކްސީ އަންޕެކްޑް" އިވެންޓްގައި ވަނީ ގެލެކްސީ އެސް ސީރީޒްގެ އާ ތިން މޮޑެލްއެއް ދައްކާލައިފަ އެވެ.

އޭގެތެރޭގައި ހިމެނެނީ ގެލެކްސީ އެސް24 އާއި އެސް24 ޕްލަސް އަދި އެސް24 އަލްޓްރާ އެވެ. އޭއައި ފީޗާ ހިމަނައިގެން ނެރުނު އެސް24 ގެ މި ފޯނު ތަކުގައި އެހެނިހެން މުހިއްމު ފީޗާތައް ވެސް އެކުލެވޭނެ ކަމަށް ސެމްސަންގުން ބުންނެ އެވެ.

އޭއައި ބޭނުންކޮށްފަައިވާ އެސް24 އަލްޓްރާ އިން ފޯނަށް އަންނަ ކޯލްތަކާއި މެސެޖްތައް 13 ބަހަކުން ތަރުޖަމާ ކޮށްދޭނެ އެވެ. އަދި ނޯޓް އެސިސްޓާއި، ޓްރާންސްކްރިޕްޓް އެސިސްޓާއި ޗެޓް އެސިސްޓުގެ އިތުރުން ފޮޓޯ އެސިސްޓް ވެސް މި ފޯނުގައި ހިމެނޭނެ ކަމަށް ސެމްސަންގުން ބުނެފައިވެ އެވެ.

ގޫގުލް ސާޗްގައި ވެސް ހާއްސަ ފީޗާތަކެއް ހިމެނޭ މި ފޯނު ތަކުން، ބޭނުންވާ ފޮޓޯއެއް ނުވަތަ ބަހެއްގައި ބޮޅެއް އަޅާލުމުން އަމިއްލައަށް އެއާ ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދައިދޭނެ އެވެ.

ސެމްސަންގުން އަލަށް ނެރޭ ފޯނުތަކުގެ އަގު ތަކަށް ބަލާލާއިރު އެސް24 އެއް 799 ޑޮލަރަށް ލިބޭއިރު، އެސް24 ޕްލަސް ހުރީ 999 ޑޮލަރަށެވެ. އަދި އެސް24 އަލްޓްރާގެ އަގު އުޅެނީ 1،299 ޑޮލަރުގަ އެވެ.

ގެލެކްސީ އެސް24 މި މަހުގެ 31 ވަނަ ދުވަހުގައި ވިއްކަން ފަށާއިރު މިހާރު މި ފޯނުތަކަށް ޕްރިއޯޑާ ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް