ads
ކާށިދޫގައި ވާރުތަވާ ބަލި ފެތުރޭތީ، އެ ރަށު ބަޔަކާ ހެލްތު ސެންޓަރުގެ އިސްވެރިން ބައްދަލުކުރަނީ.-- ފޮޓޯ: ކާށިދޫ ހެލްތު ސެންޓަރު
ކާށިދޫގައި ފެތުރެނީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ކައުންސިލްގެ ރައީސް
ކާށިދޫގައި ފެތުރެނީ ގައިންގަޔަށް އަރާ ބަޔެއް ނޫންކަމަށާއި މިއީ ވާރުތަކުރާ ނާރުގެ ބައްޔެއްކަމަށް ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި ބައްޔަކީ ޒަމާނުއްސުރެ ކާށިދޫގައި އޮންނަ ބައްޔެއް ކަމަށާއި މިއީ ވާރުތަކުރާ ބައްޔެއް ކަމަށެވެ. އަދި މިބަލީގެ އަލާމާތްތައް ފެންނަން ބައެއް ފަހަރު ގިނަ ދުވަސް ނަގާކަމަށާއި މިބަލީގެ ސަބަބުން މުޖުތަމައުއަށް އެއްވެސް ގެއްލުމެއް ނެތް ކަމުގައެވެ.

އާމިރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިކަމަށް މިހާ ބޮޑު ސަމާލުކަމެއް އައިސްފައި މި ވަނީ ހެލްތު ސެންޓަރުން އެރަށުގެ ކައުންސިލާއި ޖަމިއްޔާތަކާއި ގުޅިގެން އެރަށުގައި ސާވޭއެއް ކުރިޔަށް ގެންދިޔަފަހުން ކަމަށާއި އެ ސާވޭގެ މައުލޫމާތު ސަރުކާރުގެ އިދާރާތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ. މި ސާރްވޭ ހެދީ މި ބަލީގެ ސަބަބުން އެދުމަތި ވެފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށާއި މި ބައްޔަކީ ނާރު ބަޔެއްކަމުން އެ ބަލީގެ އަލާމާތްތައް އެންމެ ކުޑަ އިރު ނުފެނިދާނެކަމަށެވެ.  

އާމިރު އިތުރަށް ވިދާޅުވީ އެ ރަށުގައި ބައްޔެއް ފެތުރެމުންދާކަމަށް ބުނެ ބަޔެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވުމުން ރަށުން ބޭރުގައި ދިރި އުޅޭ ރައްޔިތުންނާއި އެހެން ރަށްރަށުގެ މީހުންވެސް ގުޅާފައިވާކަމަށެވެ. މި ގޮތައް ރިޕޯޓު ކުރުމުން ރަށުން ބޭރުގައި ދިރިއުޅޭ ރަށު މީހުން އަދި ޗުއްޓީއަށް އެރަށައް ދަތުރުކުރަން ބޭނުންވެފައިވާ ފަރާތްތަކުގެ ހިތުގައި ބިރުވެރިކަމެއް އުފެދި ބޮޑު ހާސްކަމެއްގެ ތެރެޔަށް ވެއްޓިގެން ގޮސްފައިވާކަމަށެވެ. 

"މީ އަސްލު އަލަށް ފެނިގެން އުޅޭ ބައްޔެއް ނޫން. މިއީ އަޅުގަނޑުމެން އެންމެ ކުޑައިރުންސުރެއް ވެސް ފެންނަމުން އަންނަ ބަޔެއް. މީ ހަމަ އެކަނި މިރަށުން ފެނިގެންދާ ބައްޔެއްވެސް ނޫން. ބައެއް މީޑިޔާތަކުން އެކަން ރިޕޯޓްކޮށްފައި އޮތްގޮތުން ރައްޔިތުންގެ ހިތުގައި ބޮޑު ބިރުވެރިކަމެއް އުފެދިދާނެ." ސީއެންއެމް އާއި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވި އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ތުރުތުރު އެޅުން، ގައިން ވަރުދޫވުން، ކޮޅަށް ހުންނައިރު މީހާ ބެލެންސް ކުރަން އުނދަގޫވުން އަދި މީހާގެ ހަރަކާތް ލަސްވުން ފާހަގަ ކޮށްލެވޭކަމަށް އާމިރު އިތުރަށް ފާހަގަކުރެއްވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މިހާތަނަށް މި ބަލި ޖެހިފައި ހުރިކަމަށް އެނގިފައިވަނީ 35 މީހުންނައް ކަމަށެވެ. އަދި މި ބަލީގެ ފަރުވާ އަދި ރާއްޖޭގައި ލިބެން ނެތުމުން ކައުންސިލްގެ ފަރާތުން އެ ފަރާތްތަކަށް އެހީވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާމިރު ފާހަގަ ކުރެއްވި އެވެ. 

އަދި މި ބަލި ޖެހިފައިވާ އެންމެ ދުވަސްވީ މީހަކަށް މިހާރު ހުރީ އުމުރުން 70 އަހަރުގެ މީހެކެވެ.

މި ބައްޔަކީ ކާށިދޫގައި ޒަމާންތަކެއް ކުރިންސުރެ ވެސް އޮތް ބައްޔެކެވެ. ޖެނެޓިކަލީ ވާރުތަވާ މި ބަލި އެރަށުގެ އަށްވަރަަކަށް އާއިލާގެ މެދުގައި އެބައޮތެވެ. މި ބަލީގައި މީގެ ކުރިން އެރަށުގެ ފަސް މީހަކު މަރުވެފައި ވެސްވެ އެވެ. 

ހެލްތު މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން ކާށިދޫއިން ފާހަނގަ ކުރެވިފައިވާ ނިއުރޮލޮޖިކަލް ސިއްހީ މައްސަލަައަކާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް