މޯލްޑިވިއަންއިން މަޑިވަރަށް ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 1377 ރުފިޔާ ނަމަވެސް، މި ފެއާގެ ދަށުން މަޑިވަރާއި މާލެއާ ދެމެދު ކުރާ އެއްކޮޅު ދަތުރުގެ އަގު 949 ރުފިޔާއަށް ކުޑަކުރަން އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.
މި މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ފަހުން މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކަށް މިފެއާ ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީ ކުރި މަޑިވަރު އެއާޕޯޓް ހުޅުވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 18ގަ އެވެ.
މަޑިވަރު އެއާޕޯޓްގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ޓާމިނަލް އިމާރާތްތުގެ އިތުރުން އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެ އެވެ.