އިބްރާ "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ 2016 ވަނަ އަހަރު ފެށިގެން އަހަރުން ފެށިގެން އެމްކިއުއޭއިން އެޕްރޫވްކޮށްގެން އީ ލާނިންގްގެ ކޯސްތައް އަދި ހާއްސަކޮށް ޓީޗިންގެ ކޯސްތައް ކުރިޔަށް ގެންދާކަމަށެވެ. އިބްރާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްތަކަކީ ހަމަ ފޭސް ޓު ފޭސް ޕްރޮގްރާމްތަކާއި އެއް ފެންވަރު ޕްރޮގްރާމްތަކެއް ކަމަށެވެ.
ނަމަވެސް 2022 އީ ލާނިންގް ގެ ގަވައިދުތަކަށް ގެނެވުނު ބަދަލުތަކެއް ސަބަބުން ޓީޗިން ކޯސްތައް އީ ލާނިންގްގެ ދަށުން ކުރިޔަށް ނުގެންދެވޭނެކަމަށާއި އެކަން ހުއްޓާލަން އަންގާފައިވާކަމަށް އިބްރާހިމް އިސްމާއިލް ފާހަގަ ކުރެއްވި އެވެ.
މިކަމާއި ގުޅިގެން އެ ކޮލެޖުން ވަނީ އެމްކިއުއޭ އާއި ދެކޮޅަށް ހައި ކޯޓުގައި މައްސަލަ ހުށަހަޅާފަ އެވެ. ހައި ކޯޓުން މައްސަލަ ނިންމީ އީ ލާނިންގްގެ ޓީޗިން ކޯސްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އަނބުރާ ކޮލެޖުތަކަށް އެމްކިއުއޭ ދިނުމަށެވެ.
އިބްރާ ވިދާޅުވީ ހައިކޯޓުން އެގޮތަށް އަމުރު ނެރުނު ނަމަވެސް ކުރިން އެމްކިއުއޭގެ ކުރީގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު ވަނީ އެކަން އެގޮތައް ނުކުރައްވާން ވަރަށް ބައިވަރު ކަންތައް ކުރައްވާފައި ކަމަށާއި އެތައް ބައިވަރު ކުދިންނެއްގެ ސެޓްފިކެޓުތަކެއް އެޕްރޫވް ނުކުރާންވެގެން ތަފާތު އެކި ބަހާނާ އޭނާ ދައްކަވާފައިވާ ކަމަށް އިބްރާ ފާހަގަކުރެއްވި އެވެ.
އަދި އެމްކިއުއޭއިން ވަނީ ސުޕްރީމު ކޯޓަށް ހައިކޯޓުގެ ނިންމުން ހިފައިގެން ގޮސްފަ އެވެ. މަންދު ކޮލެޖާއި ދެކޮޅަށް އެމްކިޔުއޭއިން ހުށައެޅި މައްސަލައިގައި ސުޕްރީމު ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް މަންދު ކޮލެޖަށް އީ ލާނިންގް ހިންގުމަށް ހުރަހެއް ނެތް ކަމަށް ކަޑައަޅައިފަ އެވެ. އެކަމަކު އެމްކިއުއޭގެ އިހު ވެރިން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުނުކޮށް "ފިއްލަވައިފަ" އެވެ.
ނަމަވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) މިހާރު ވަނީ އީ ލާނިންގ އަށް ހުއްދަ ދެވިފައިވާ ކޮލެޖުތަކަށް ދިމާވި މައްސަލަ ހައްލުކޮށް ދެއްވައިފަ އެވެ. މިއާއެކު މަންދު ކޮލެޖުން މިހާރު ވަނީ އެމްކިޔުއޭ ގަބޫލުކުރާ އީ ލާނިންގ ކެމްޕަހުގެ ކޯސް ތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް، ވާޗުއަލް މެދުވެރިކޮށް ކިޔަވަމުން އަންނަ އެތައް ދަރިވަރުންނެއް އެބަތިއްބެވެ.