ads
ނިއުގެ ކުޅުންތެރިއެއް- ފޮޓޯ ސިޑިބަރު
ދޮޅު އަހަރު ފަހުން ނިއު ދަނޑަށް - ބޮޑު މޮޅެއް
ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނިއުގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.

ނިއުރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗު މިއަދު އޮތް އިރު، އެއީ ވިއްސާރަ ވެގެން ކުރިން ކެންސަލް ކުރި މެޗެވެ. ނިއުއިން ދެން ކުޅެން އޮތް މެޗު އިދިކޮޅު ޓީމު ހާޒިރު ނުވެގެން ނުކުޅެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ނިއު މޮޅުވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުންނެވެ. މި މެޗުން ނިއު މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ އެއް އަހަރާއި ފަސް މަސް ދުވަސް ތެރޭ ނިއު އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު، ނިއު އިން ރަސްމީ މެޗެއް ނުކުޅެ އެވެ. އެ މެޗު ކުޅުނީ، 22 އޮގަސްޓް 2022 ވަނަ ދުވަހު ހަވީރު އެވެ. އޭގެ ފަހުން މިވީ، 523 ދުވަސް ތެރޭ ނިއު އިން ރަސްމީ މެޗެއް ނުކުޅެ ހުންނަން ޖެހުނީ އެކި ސަބަބުތަކާ ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް