ads
ޕީއެސްއައިޕީއަށް 12.1 ބިލިއަނަށް ގިނަ ވުރެ ރުފިޔާ ހަރަދުކޮށްފި
ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮއްފައިވާކަމަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކުރައްވައިފި އެވެ.
Advertisement

ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިދިޔަ އަހަރުތެރޭގައި މި މަޝްރޫއުއަށް 12.1 ބިިލިއަަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މިއީ އެއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު ކަމުގައިވާ 10.3 ބިލިއަން ރުފިޔާއަށް ވުރެ 17.4 އިންސައްތައިގެ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުގައި ޕީ.އެސް.އައި.ޕީއަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 12.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައިވާއިރު 2022ވަނަ އަހަރު ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީ އިން ބޮޑެތި ހަރަދު ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބިންހިއްކުމުގެ މަޝްރޫއު ތަކާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. އަދި މަގުު ހެދުމުގެ މަޝްރޫއުތަކަށާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ވެސް ޕީއެސް އައިޕީއިން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. 

މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއުއަށް 8.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. 

ޕީއެސްއައިޕީން ކުރި ބޮޑެތި ހަރަދުތައް:

• ބިން ހިއްކުމުގެ މަޝްރޫއުތަކަށް – 2.1 ބިލިއަން ރުފިޔާ
• އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް – 1.6 ބިލިއަން ރުފިޔާ
• ފެނާއި ނަރުދަމާގެ ނިޒާމްތައް ގާއިމްކުރުމަށް – 1.5 ބިލިއަން ރުފިޔާ
• މަގު ހެދުމުގެ މަޝްރޫއުތަކަށް – 1.4 ބިލިއަން ރުފިޔާ
• ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް – 1.1 ބިލިއަން ރުފިޔާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް