ads
އިންޕްލުއެންޒާއަށް ދޭ ވެކްސިންް
މީގޭ ކުދިން ޖަހައިފި، ތިގޭ ކުދިން ޖަހާލާ: ޑރ. ފައިސަލް
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ގޭގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކުޑަކުދިންގެ އަހްމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ މިދިޔަ ހަފްތާގައި ބުނީ މިމަހުގެ 16 ގެ ނިޔަލަށް 19 މީހަކަށް އިންފުލުއެންޒާ ޖެހި ޒުވާނަކު މަރުވެފައިވާކަމަށެވެ. އަދި މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އިންފުލުއެންޒާގެ 154 ކޭސް ފެނިފައިވާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެބަލި ޖެހި ނިއުމޯނިއާއަށް ހުށައެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަންވެސް ޑޮކްޓަރުން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.

އިންފްލުއެންޒާއިން ރާއްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް ދެއްވީ ނަމޫނާ މެސެޖެކެވެ. ފައިސަލް ވިދާޅުވީ އޭނާ ދިރުއުޅުއްވާ ގޭގެ ހުރިހާ ކުޑަކުދިންނަށް ވެކްސިން ދީފިކަމަށެވެ. އަދި އެންމެވެސް ކުޑަކުދިންނަށް ވެކްސިން ދިނުމަށް ޑޮކްޓަރ ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ.

ފައިސަލް އެކްސްގައި ކުރެއްވި މި ޕޯސްޓާ އެކު ބައެއް މީހުން ވަނީ ވެކްސިންދޭން ހަދަންޖެހޭ ގޮތާއި އެކަމުގައި ހިނގާނެ ހަރަދުތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. މި ހުރިހާ ސުވާލުތަކަށްވެސް ފައިސަލް ވަނީ ޖަވާބު ދެއްވާފައެވެ.

 ފައިސަލް ވިދާޅުވީ ވެކްސިން ގެނެގެން ވެކްސިން ދޭ ކޮންމެތާކަށް ދިޔުމުންވެސް ވެކްސިން ޖެހޭނެކަމަށެވެ. އަދި ވެކްސިން ލިބެން ހުންނާނީ ހެންވޭރު މަޖީދީމަގުގައި ހުންނަ އެސްޓިއޯގެ ފާމަސީން ކަމަށާއި ވެކްސިންގެ އަގަކީ 235 ރުފިޔާކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ހުން ހުރިނަމަ ރަނގަޅީ ހުން ފިލުމުން ވެކެސިން ޖެހުންކަމަށްވެސް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.

އިންފުލުއެންޒާގެ އަލާމާތްތައް 

  • ހުން އައުން
  • ގައިން ވަރު ދެރަވުން
  • ނޭފަތުން ފެން އައުން
  • ކެއްސުން
  • ބޮލާއި ގަޔާއި ކަރުގައި ރިއްސުން

އިންފުލުއެންޒާގެ އަލާމާތްތައް 3 ދުވަސްވަންދެން ފެންނަ ނަމަ ވީހާ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.

 އިންފުލުއެންޒާ ވެކްސިނަކީ ރޯގާތަކާއި ނިއުމޯނިއާ އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ ވެކްސިނެވެ. 9 އަހަރުން ދަށުގެ ކުދިންނަށް މި ވެކްސިންގެ 2 ޑޯޒް ދޭންޖެހެއެވެ. އެއަށްވުރެ އުމުރުން ދޮށީ މީހުންނަށް ޖަހާނީ އެންމެ ޑޯޒްއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް