މިއަދު ޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީއަށް ފުރާވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް ސީ 4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްލަތީފް ޗީފް އޮފް ޑިފެންސް ފޯސް، މަގާމާއި ހަވާލުވިފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.