މިއަދު އިމިގްރޭޝަނުން ބުނީ މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް، އެ ފަރާތްތަކުން ބޭނުން ނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށެވެ.
އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މިބަދަލުތައް ގެނެސްފައިވަނީ އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގައި އުމުރުން ދުވަސްވީ ފަރާތްތަކުގެ މެދުގައި ދަތިތަކެއް ހުރުމުންނެވެ.