ads
ޓިކެޓު ނުދިން މައްސަލައިގައި ޕީއެންސީ އޮފީސް ތެރޭގައި ބަޔަކު ނުރުހުން ފާޅުކުރަނީ --
ޕްރައިމަރީ "ގަޑުބަޑުކޮށްގެން" ޕީއެންސީ ތެރޭ ބޮޑު ހަމަ ނުޖެހުމަކަށް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި "ގަޑުބަޑުކޮށްގެން" ގޮސް މައްސަލަ ހޫނުވެއްޖެ އެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ނިންމުމާ ގުޅިގެން ބައެއް ކެންޑިޑޭޓުންނާއި އެ މީހުންނަށް ސަޕޯޓްކުރާ މީހުން ރޭ ވަނީ ޕީއެންސީގެ އޮފީހަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

ޕާޓީ އޮފީސް ތެރޭގައި މީހުން ނުރުހުން ފާޅުކޮށް، އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ. ޕާޓީ އޮފީސް ތެރޭގެ މަސްލަހަތު ގެއްލި، ޒުވާބަކަށް ވަނީ ގޮސްފައެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް ބައެެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅަން ވެސް ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް މީހުންނަށް ޕީއެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. 

މިކަމާ ގުޅިގެން އެ ޕާޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކެންޑިޑެސީ ބާތިލުކުރީ ކިތައް މެންބަރުންގެ ކަމެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިންތިހާބު އޮތީ އަންނަ 17 މާޗުގަ އެވެ. މި އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ތާރީހު އެކި ފަހަރުމަތިން ބަދަލުކުރަމުން ގޮސް، މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް