ads
ރައީސް އިސްކުރައްވާނީ ޕާޓީ ގެ އާންމު މެންބަރުންގެ މަސްލަހަތު: ސުޖާއު
ރައީސް ޑރ. މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ޕާޓީ އާންމު މެމްބަރުންގެ މަސްލަހަތު ކަމަށް ޕީއެންސީ ގެ ނައިބް ރައީސް ސުޖާއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ގެ ނައިބް ރައީސް ސުޖާއު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ކުރައްވާފައިވާ ޕޯސްޓެއް ޝެއާ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓްއެއްގަ އެވެ.

މީގެ އިތުރުން އެ ޕޯސްޓްގައި ޝުޖާއު ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ދާނީ ބަރާބަރަށް ކަމަށާއި ލިސްޓުތައް ރަނގަޅަށް ޗެކް ކުރުމަށެވެ. އަދި ލިސްޓުގައި އެއްވެސް މައްސަލައެއް ހުރިތޯ ބައްލަވަން ވެސް އެދިވަޑައިގެންނެވުމުގެ އިތުރުން ދެން ސުޖާއު ވިދާޅުވެފައިވަނީ މިއުޅެނީ ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އިންސާފުވެެރި އެތެރޭގެ އިންތިހާބު ބާއްވަން ކަމުގައެވެ.

ސުޖާއު ޝެއާ ކުރައްވާފައިވާ ޕީއެންސީގެ ރައީސް ގެ ޕޯސްޓަކީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމި ނިންމުން ބަދަލު ކޮށްފައިވާކަން އިއުލާނު ކުރައްވާފައިވާ ޕޯސްޓެކެވެ.

ޕީއެންސީ އަދި ޕީޕީއެމް ގެ އެ ނިންމުމާއި ގުޅިގެން ރޭގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް